ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ
ހދ. ކުޅުދުއްފުށި ސިޓީގެ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޑީސީއީއޯ އަހުމަދު ދާއޫދު “ތިލަދުން” އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު އެހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ. 49 އަހަރުގެ ފިރިހެނަކު އެހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަ...