ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1 އަހަރު ފުރުމުގެ މުނާސަބާގައި ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިފި އެވެ.
މި ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރު 13:30 ގައި އަފީފުއްދީން ސްކޫލު ހޯލުގައެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިޙާ އިދްރީސް އެވެ. މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް އެކައުންސިލުން ވަނީ ހަނދާލިޔުން އަރުވާފައެވެ.
އިތުރުން އިމާމުންގެ ގޮތުގައި ކުޅުދުއްފުއްޓަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ވަޒީފާއިން މުސްކުޅިކުރައްވާފައިވާ ފަރާތްތަކަށާއި ސިޓީ ކައުންސިލަށް ދިގު މުއްދަތަކަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ވަޒީފާއިން މުސްކުޅިކުރައްވާފައިވާ ފަރާތްތަކަށްވެސް ކައުންސިލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1 އަހަރު ފުރުމުގެ މުނާސަބާގައި މިއަދު ވަނީ ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިޙާ އިދްރީސް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ކައުންސިލަށް...
1/3 pic.twitter.com/yJPcg643ZQ— Kulhudhuffushi City Council (@kfcitycouncil) May 19, 2022
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ އަހަރެއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!