އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ކުޅުދުއްފުށި ސިޓީގައި ބެހެއްޓި ފޮށިތަކުން ފައްޔާޒު ބޮޑުތަކުން ކުރި ހޯދައިފި އެވެ.
ކުޅުދުއްފުށި ސިޓިގެ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 4 ފޮއްޓެއް ބަހައްޓާފައިވެއެވެ.
ނަތީޖާ ލިބިފައިވާ 4 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 291 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 349 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 58 ވޯޓުގެ ތަފާތެކެވެ.
ކުޅުދުއްފުށީ އުތުރު ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 83
2. ފައްޔާޒް އިސްމާޢީލް 204
ކުޅުދުއްފުށީ ދެކުނު ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 170
2. ފައްޔާޒް އިސްމާއީލް 114
ކުޅުދުއްފުށީ ދެކުނު، މާލެ ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 22
2. ފައްޔާޒް އިސްމާޢީލް 13
ކުޅުދުއްފުށީ އުތުރު، މާލެ ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 16
2. ފައްޔާޒް އިސްމާޢީލް 18
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!