ހދ.ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓްބަޔާއި ޓަކްޝޮޕް ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައި އެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިގޮތުން އެ އިމާރާތުގައިވާ ރެސްޓޯރަންޓްބައި 15 އަހަރު ދުވަހުގެ މުއްދަތަށް އަދި ޓަކްޝޮޕް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ރެސްޓޯރެންޓްބައި ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 މެއި 2022 (ބުރާސްފަތި) ދުވަހުގެ 13:15 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި އަންދާސީ ހިސާބާއި ގުޅިގެންބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަސް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 11 މެއި 2022 ވާ ބުދަދުވަހުގެ 13:15 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައި ވީނަމަވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިލައްވާނެ ކަމަށާއި، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމުގައި ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 22 މެއި 2022 ވާ ހޯމަ ދުވަހުގެ 13:15 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ޓަކްޝޮޕް ކުއްޔަށް ހިފުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 މެއި 2022 (ބުދަ) ދުވަހުގެ 13:15 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި އަންދާސީ ހިސާބާއި ގުޅިގެންބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަސް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައި ވީނަމަވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިލައްވާނެ ކަމަށާއި، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމުގައި ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!