ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1446"ގެ އެއްވަނަ، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރު، ހދ. ނެއްލައިދޫ/ބުލްބުލްވިލާ، ހުސެއިން ޔާނިމް ހޯދައިފިއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 09:15 ގައި އަފީފުއްދީން ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު އަނިލްއެވެ.

Ad
rt

މުޅި މުބާރާތުން އެއްވަނައަށް އަފީފުއްދީން ސްކޫލުގެ ދަރިވަރު ހުސެއިން ޔާނިމް ހޮވުނުއިރު މުޅި މުބާރާތުން ދެވަނައަށް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު އަމަތުﷲ އަލީ، ޝަބާބް/ ހދ. ނޮޅިވަރަމް އެވެ. މުޅި މުބާރާތުން ތިންވަނައަށް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ރިހާމް މުހައްމަދު ފައިސަލް، އަވި/ޅ. ނައިފަރު އެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނައަށް ހދ. އޭއީސީގެ ދަރިވަރު އަހުމަދު އަތޫފް މުހައްމަދު ހޮވިފައިވާއިރު، ދެވަނައަށް ހޮވިފައި ވަނީ އަފީފުއްދީން ސްކޫލްގެ ދަރިވަރު އާޔަތުﷲ އަލީއެވެ. ތިނަވަނައަށް ހޮވިފައި ވަނީ އަފީފުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ލަސަން ފަޟީލްއެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އަފީފުއްދީން ސްކޫލްގެ ދަރިވަރު ހުސެއިން ޔާނިމް ހޮވިފައިވާއިރު، ދެވަނައަށް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު އަމަތުﷲ އަލީއެވެ. ތިންވަނައަށް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ރިހާމް މުހައްމަދު ފައިސަލް، އަވި/ޅ. ނައިފަރު އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ދިހަ ދަރިވަރުން ވެސް ވަނީ ހޮވާފައެވެ. މުބާރާތުގެ އެންމެ މޮޅު ދިހަ ދަރިވަރުންނަކީ:

  • ހުސެއިން ޔާނިމް / އަފީފުއްދީން ސްކޫލް
  • އަމަތުﷲ އަލީ / ޖަލާލުއްދީން ސްކޫލް
  • ރިހާމް މުހައްމަދު ފައިސަލް / ޖަލާލުއްދީން ސްކޫލް
  • އަހުމަދު އަތޫފް މުހައްމަދު / ހދ އޭއީސީ
  • އިބްރާހިމް އައުސް / އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސް
  • ލަޔާލް އަބްދުﷲ އިބްރާހިމް / ޖަލާލުއްދީން ސްކޫލް
  • ރަނާ އިބްރާހިމް / ޖަލާލުއްދީން ސްކޫލް
  • މުހައްމަދު ފާއިޤް ހުސެއިން ފަހުމީ / އުލޫމުލް ޤުރުއާން ކްލާސް
  • އިބްރާހިމް މަލްސޫން މުހައްމަދު / ހދ އޭއީސީ
  • ރާނިޔާ އިބްރާހިމް / އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސް

މި ހިނގާ އޭޕްރިލް މަހުގެ 5 ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 103 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ ޖަލާލުއްދީން ސްކޫލުން 20 ބައިވެރިން، އަތޮޅު ތަޢުލީމީ މަރުކަޒުން 20 ބައިވެރިން، އަފީފުއްދީން ސްކޫލުން 20 ބައިވެރިން، އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސްއިން 05 ބައިވެރިން، ބަޝާއިރުލް ޤުރުއާން ކުލާހުން 13 ބައިވެރިން، އުލޫމުލް ޤުރުއާން ކުލާހުން 15 ބައިވެރިންގެ އިތުރުން އިހްލާސް ޤުރުއާން ކުލާހުން 10 ބައިވެރިންނެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ މުހައްމަދު އަހްމަދު، އެއްމުލިމާގެ ހޯދަނޑު/ ޏ. ފުވައްމުލަށް، މުހައްމަދު ފައިސަލް، ދަނބުގެ/ ދ.ރިނބުދޫ، ހުސެއިން ރުޝްދީ، ކަންމަތީގެ/ ނ. މިލަދޫއެވެ.