މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް ބާއްވައިވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދި ވަނީ އެ ކައުންސިލްގެ އިދާރާގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިއެވެ.
މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުއްޓަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިސްމާއިލް އިބްރާހިމް އެވެ.
މި އެސެމްބްލީގައި، މޭޔަރު މުޙައްމަދު ޢާޠިފް ވަނީ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޝުއޫރު ފާޅު ކުރުމާއި، އޮފީހުގެ މެސެޖް ވެސް މި އެ ސެމްބްލީގައި އިއްވާފައި ވެއެވެ.
މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ދިވެހި ބަހުގެ އެކަޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ، "ދިވެހީން ދިވެހީންނަށް ވީ، ދިވެހިބަހުން ވާހަކަދައްކާތީއެވެ." އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!