ހދ. ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް" ގައި ބައިވެރިވުމުގު ފުރުސަތު ހުޅުވާލައިފިއެވެ.
އެކްލަބްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް މިއޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް އެކްލަބްއިން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ https://forms.gle/zuE1Ppt8L6aAcefp8 ފޯމް ފުރުއްވާ ހުށައެޅުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.
މިމަސްރޭހަކީ ކުޅުދުއްފުށީގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް ދެވަނަ އީދު ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސްރޭހެކެވެ.
އެގޮތުން އަންހެން ފިރިހެން ދެޖިންސް ހިމެނޭހެން އެންމެ މަދުވެގެން 5 މެމްބަރުން ހިމެނެން ޖެހޭނެ ކަމަށް އެކްލަބްއިން ވަނީ ބުނެފައެވެ. އެންމެ ގިނަވެގެން ބައިވެރިވެވޭނީ 12 މެމްބަރުންނަށެވެ. ބައިވެރިވާ ޓީމްތަކުގެ އަތުން -/500 (ފަސްސަތޭކަ ރުފިޔާ) ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
2022 is open for participation.
Application form:...
Posted by Club Corals on Saturday, April 16, 2022
މިމަސްރޭހުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ޓީމްތަކުގެ އިތުރުން އެންމެ ގިނަ މަސްބާނާއި ފިރިހެން ކެޔޮޅާއި އަންހެން ކެޔޮޅު އަދި އެންމެ ބަރު މަސް ބާނާ ފިރިހެން ކެޔޮޅާއި އަންހެން ކެޔޮޅު ހޮވާނެ ކަމަށް ކްލަބް ކޮރަލްސްއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!