ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި
ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ބަޔަކު ގެއްލުންދީފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗް ތަރައްޤީ ކުރުމުގެ ފްރޮޖެކްޓަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ. މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަށްވާފައެވެ. އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތް...