ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމަށް 'އިވޯސަން މޯލްޑިވްސް' އާ ހަވާލުކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރުންމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްރަ ޑރ. އައިސަތު އަލީގެ އިތުރުން ކުޅުދުއްފުށީގެ މަޖިލިސް މެންބަރުން ބައިވެރިވި އެވެ.
އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރެވުނީ 8,355,517.18 ރއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ 1 މާރިޗު 2023 އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، ވިދާޅުވީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތުގެ މަސައްކަތް ހަވާލު ކުރެވިފައިވާކަމަށާއި މިމަސްރޫޢު ނިމުމާ އެކު މުދައްރިސުންނަށް ދިމާވެފައިވާ އެތަކެއް ދަތިތަކަކަށް ހައްލު ލިބިގެންދާނެކަމަށެވެ.
ހދ. ކުޅުދުއްފުށީ އޭ.އީ.ސީގެ އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!