މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމް އެންޑް އެމް އިންވެސްޓްމަންޓާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 572،585.50 ( ފަސް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ލާރި) އަށް، 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. […]

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް “ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެނ...

"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ
Thiladhunmathi News

"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ “ތިލަދެކުނު ސިނަމާ” ވީރާނާވެ، ހަލާކުވަމުން ދާތީ އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެމުން އެ ސިޓީގެ ޒުވާނަކު ބުނީ އެތަނަކީ ވަަރަށް ގިނަ ބޭނުންތައް ކުރަމުން އައި ތަނެއް ކަމަށާއި އެގޮތުން ފިލްމު އެޅުވުމާއި ތަފާތު އެކި ހަރަކާތްތައް ބޭއްވުމަށް ބޭނުން ކުރަމުން އައި ތަނެއް ކަމަށެވެ. ނަމަވެސް އެތަން ހަލާކުވާން ދޫކޮށްލާފައި ހުންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ […]

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު އެ ސިޓީއަށް ވ...

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް
Column

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...

ހަ ވަނަ ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ހަ ވަނަ ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި

ހަ ވަނަ ޓީޗާސް ކޮންފަރެންސް ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މިކޮންފަރެންސް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ، މެޑަމް ފަޒުނާއަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ ޓީޗާސް ކޮންފަރެންސް ނިމޭއިރު، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ބ...

ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ހަވާލުކޮށްފި
Raajje

ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މައިޒާން މަރާތުކުރަން އެމް އެންޑް އެމް އިންވެސްޓްމަންޓާއި އެކައުންސިލާ ދެމެދު އިއްޔެ ވަނީ ސޮއި ކޮށްފައެވެ. މިމަސައްކަތް ހަވާލު ކުރެވިފައިވަނީ ޖުމްލަ 444،601.10 (ހަތަރުލައްކަ ސާޅީސް ހަތަރުހާސް ހަސަތޭކަ އެއްރުފިޔާ ދިހަލާރިއަށް) އަށް، 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު...

ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ތިނަދޫ ކައުންސިލުން ސޮއިކޮށްފި
Thiladhunmathi News

ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ތިނަދޫ ކައުންސިލުން ސޮއިކޮށްފި

މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ފަހުމު ނާމާއެއްގައި ސޮއިކޮށްފި އެވެ. މި ފަހުމު ނާމާގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ކުޅުދުއްފުށި ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެތެރެއިން އިއްޔެ އެވެ. މި ފަހުމު ނާމައިގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރު މުހައްމަދު އާތިފް ސޮއި ކުރެއްވިއިރު، ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ސައުދު އަލީ އެވެ. މި ފަހުމު […]

ފައިނަލްގައި ކޮރަލްސް އާއި ސްކައިގެ ކުރިމަތިލުން، ދެ ޓީމުން ވެސް ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި
Thiladhunmathi News

ފައިނަލްގައި ކޮރަލްސް އާއި ސްކައިގެ ކުރިމަތިލުން، ދެ ޓީމުން ވެސް ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ކުރިމަތިލާއިރު ދެ ޓީމުން ވެސް ތިބީ ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި ކަމަށް އެ ދެޓީމުން ބުނެފިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި، ކޮރަލްސް ޓީމުގެ މެނޭޖަރު، ހުސައިން މުހައްމަދު، މިއަދުގެ ފައިނަލް މެޗުގެ ކުރިން...

ކުޅޭނީ ސީދާ ޒިގްޒެގްގެ ގޭމު، ވަކި ކުޅުންތެރިއަކަށް ޓާގެޓެއް ނުކުރާނަން: ކޯޗު ރެޑޭ
Thiladhunmathi News

ކުޅޭނީ ސީދާ ޒިގްޒެގްގެ ގޭމު، ވަކި ކުޅުންތެރިއަކަށް ޓާގެޓެއް ނުކުރާނަން: ކޯޗު ރެޑޭ

މިއަދުގެ ސެމީ ފައިނަލް މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ޒިގެޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާއިރު، ވަކި ކުޅުންތެރިއަކަށް ޓާގެޓެއް ނުކުރާނެ ކަމަށް ޒިގްޒެގްގެ ކޯޗު މުހައްމަދު ޢަލީ (ރެޑޭ) ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މި ދެ ޓީމު ބައްދަލު ކުރާނީ މިއަދު ހަވީރުއެވެ. މެޗުގެ ކުރިން ޒިގްޒެގްގެ ކޯޗް ރެޑޭ ދިން ޕްރީމެޗް އިންޓަރވިއުގައި […]

ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ކުޅުމުގެ ވިސްނުމެއްނެތް، ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން: އިލްހާމް
Raajje

ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ކުޅުމުގެ ވިސްނުމެއްނެތް، ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން: އިލްހާމް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިއަދު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ޒިގެޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާއިރު ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ނުކުޅޭނެ ކަމަށާއި، މެޗަށް ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން ކަމަށް ސްކައި ގެ ކޯޗް އާދަމް އިލްހާމް އިސްމާއީލް ބުނެފިއެވެ. މެޗުގެ ކުރިން ސްކައިގެ ކޯޗް އިލްހާމް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، މުބާރާތުގެ […]

ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި
Thiladhunmathi News

ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުލަބް ކޮރަލްސް ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ސްކައި) ބައްދަލުކުރަން ޖެހިއްޖެއެވެ. މިއަދު ހަވީރު ގްރޫޕް ބުރުގެ ފަހު މެޗުގައި ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކިރި މެޗު ކޮރްލްސް ކާމިޔާބު ކޮށްފައި ވަނީ 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ކޮރަލްސްގެ […...

ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި
Raajje

ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ ކޮރަލްސް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސްބީ ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން ކޮރަލްސް ދަނޑުގެ ވަށާފާރު ރާނައި، ފެންސުޖަހައި، ކުލަލަލާނެއެވެ. އަދި އެ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖަހައި، ކުލަލުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ފަސް ދޮޅަސް ނު...

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް
Thiladhunmathi News

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު
Thiladhunmathi News

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު […]