''ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް''
ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގަ މައްޗާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެޑިކަލް އޮފިސަރ ޑރ. ސަމާ އިބްރާހިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން އާންމުން ހޭލުންތެރިކުރުވުމަށް ކޭއާރްއެޗް އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން ބަދަލުކުރެވޭނެ ކަންކަމާއި ބަދަލު ނުކުރެވޭނެ ކ...