ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ކުރިމަތިލާއިރު ދެ ޓީމުން ވެސް ތިބީ ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި ކަމަށް އެ ދެޓީމުން ބުނެފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި، ކޮރަލްސް ޓީމުގެ މެނޭޖަރު، ހުސައިން މުހައްމަދު، މިއަދުގެ ފައިނަލް މެޗުގެ ކުރިން ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، ކޮރަލްސް ފުރަތަމަ ވެސް ނުކުތީ މުބާރާތުގެ ފައިނަލަށް ޓާގެޓްކޮށްގެން ކަމަށެވެ. އެކަން ހާސިލްވުމުން ތިބީ ވަރަށް އުފަލުން ކަމަށާއި، މިއަދުގެ ފައިނަލާ ކުރިމަތިލާއިރު ޓީމުގައި މާބޮޑު މޭޖަރ އެންޖަރީއެއް ނެތް ކަމަށް ބުންޏެވެ.
އިދިކޮޅުން ވާދަކުރަން ޖެހިފައިވަނީ ސްކައިއާކަން ފާހަގަކުރަމުން ކޮރަލް ނުކުންނަނީ ވަކިކުޅުންތެރިއަކަށް ޓާގެޓްކޮށް ވަކި ކުޅުންތެރިއެއް ހުއްޓުވަން ނޫންކަމަށް އޭނާ ބުންޏެވެ.
''ކޮރަލްސް ޕާފޯމްސް ކުރި ހަތަރު މެޗު ވަރަށް ރަނގަޅު، ވަރަށް ރަނގަޅު ސްކޯއެއް ކޮންމެ މެޗަކުން ނުކުންނަނީ، ކުރިން ބުނިހެން ތިން ޕޮއިންޓަށް އަމާޒުކޮށްގެން ކުޅުނީ، އިރާދަކުރެއްވިއްޔާ ފައިނަލް ވެސް ކާމިޔާބުވާނެ'' ހުސެން ބުންޏެވެ.
ހުސެން ވަނީ، ކުޅުދުއްފުށި ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާތީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ފޯރިގަދަވާނެކަމަށްއުއްމީދު ކުރާކަމަށް ބުންޏެވެ. އަދި އެ މުބާރާތް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވިސްނާފައިވާގޮތުން މުބާރާތުގެ ފޯރި މިއަށް އިތުރަށް ގަދަވާނެކަމަށް ބުންޏެވެ.
ހުސެން ފާހަގަކުރި ގޮތުގައި މި މުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ވަރުގަދަ މުބާރާތެވެ. އަދި މުސްތަގުބަލްގައި މި މުބާރާތުގެ ފޯރި ވަރަށް ފޯރިގަދަވާނެ ކަމަށް ދެކޭކަމަށް ބުންޏެވެ.
ހުސެން ބުނިގޮތުގައި ކޮރަލްސް އަކީ ވަރަށް ބޮޑު ފެމެލީއެކެވެ. އެހެންކަމުން މިއަދުގެ ފައިނަލް މެޗުގައި ސަޕޯޓަރުންގެ ފަރާތުން ވަރުގަދަ ސަޕޯޓެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
މިއަދުގެ މެޗުގެ ކުރިން ސްކައިގެ ކޯޗް އިލްހާމް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، ސެމީ ފައިނަލްގައި ސްކައި ބައްދަލުކުރީ ވަރަށް ވަރުގަދަ ޓީމަކާކަމަށެވެ. އަދި އެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިފައިވާތީ، ފައިނަލް މެޗާމެދު ވަރަށް އުންމީދު ބޮޑު ކަމަށް ބުންޏެވެ.
''މޭޖަރ އެންޖެރީގައި އެއް ކުޅުންތެރިއަކު، ކުދިކުދި އެންޖަރީތައް އެބައުޅޭ، އެންޖަރީތައް ރިކަވަވާން ސެމީފައިނަލާ ދޭތެރޭ މިލިބުނީ އެއްމެ ދުވަހެއް، އެހެންވީމަ ރިކަވާވުމުގައި ކުޑަކޮށް ދަތިތަކެއް ދިމާވި،'' އިލްހާމް ބުންޏެވެ.
ކްލަބް ކޮރަލްސްއަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމުކަން ފާހަގަކުރަމުން، އެ ޓީމަކީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލަށް ދަތުރުކޮށްފައި އޮތް ޓީމެއްކަން އިލްހާމް ވަނީ ފާހަގަކޮށްފައެވެ.
''އެ ޓީމަކީ ހުރިހާ ޑިޕާޓްމަންޓެއްވެސް ވަރަށް ވަރުގަދައަށް އޮތް ޓީމެއްކަން ދަނެގެން ފައިނަލަށް ނުކުންނާނީ، ސެމީފައިނަލްގައި ކުޅުންތެރިން ވަރަށް ރަނގަޅު ޕާފޯމެންސެއް ދައްކާފަ ވަނީ، ފައިނަލް މެޗުގައި މިއަށްވުރެ ރަނގަޅަށް ފެންނާނެކަމަށް ދެކެނީ'' އިލްހާމް ބުންޏެވެ.
އިލްހާމް ވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ވީހާ ގިނަ ސަޕޯޓަރުން ސަޕޯޓް ކޮށްދިނުމަށް އެދިފައެވެ. އަދި ސަޕޯޓަކީ ކާމިޔާބު ހޯދުމަށް ވަރަށް މުހިންމުކަމެއް ބުންޏެވެ.
''އަންނަ އަހަރު ސްކައި ނުކުންނާނެ މިއަށްވުރެ ވަރުގަދަކޮށް'' އިލްހާމް ބުނެފަވެއެވެ.
މިއަދު ހަވީރުގެ ފައިނަލްގައި ކޮރަލްސްއާއި ސްކައި ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 15:40 ގައެވެ. މި މެޗު ކުޅޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!