ކުޅުދުއްފުށި ސިޓީ ކޮރަލްސް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސްބީ ކުންފުންޏާއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ކޮރަލްސް ދަނޑުގެ ވަށާފާރު ރާނައި، ފެންސުޖަހައި، ކުލަލަލާނެއެވެ. އަދި އެ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖަހައި، ކުލަލުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ފަސް ދޮޅަސް ނުވަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 1,993,975.00 (އެއްމިލިޔަން ނުވަލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އެވެ.

މި މަޝްރޫޢަށް ފައިސާ ހަމަޖައްސައި ދެއްވާފައި ވަނީ ޔޫތު މިނިސްޓްރީންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެ މިނިސްޓްރީއަށް ޝުކުރު ދަންނަވާފައެވެ.