ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މައިޒާން މަރާތުކުރަން އެމް އެންޑް އެމް އިންވެސްޓްމަންޓާއި އެކައުންސިލާ ދެމެދު އިއްޔެ ވަނީ ސޮއި ކޮށްފައެވެ.

Ad
rt

މިމަސައްކަތް ހަވާލު ކުރެވިފައިވަނީ ޖުމްލަ 444،601.10 (ހަތަރުލައްކަ ސާޅީސް ހަތަރުހާސް ހަސަތޭކަ އެއްރުފިޔާ ދިހަލާރިއަށް) އަށް، 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ނަމަށް ނިސްބަތްކޮށް ކުޅުދުއްފުށީގައި މައިޒާނެއް ހުޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މި ޕާކަކީ އޭރުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދުގެ ޚަރަދުގައި ތަރައްގީކުރި މައިޒާނެކެވެ.

ޙުސައިން އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި މައި އައްޑަނައެވެ. ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ވެގެން ދިޔަ މައިގަނޑު ސަބަބަކަށް މެދުވެރިވީ ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީއެވެ.