ހދ. ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމް އެންޑް އެމް އިންވެސްޓްމަންޓާއެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 572،585.50 ( ފަސް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ލާރި) އަށް، 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ސަރަހައްދު ހިޔާކުރުން (ކެނޮޕީ)، އައުޓްޑޯ ޖިމް ސަރަހައްދުގައި ލައިޓް ޖެހުން އަދި ބެންޗާއި ގޮނޑި ބެހެއްޓުންވެސް ހިމެނޭ ކަމުގައި ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ސިޓީ ކައުންސިލްގެ މަސައްކަތް ރަސްމީކޮށް ފެށުނު ދުވަހުން ފެށިގެން އެ ކައުންސިލުން އަންނަނީ ކުޅުދުއްފުށީގެ ތަރައްގީއާއި ގުޅުންހުރި މަސައްކަތްތައް ވިލަރެސްކޮށް ހިންގާ މުއައްސަސާތަކާއި ބައްދަލުކޮށް އެ މުއައްސަސާއެއްގެ ދަށުން ހިންގޭކަންކަން ހަރުދަނާކޮށް ހިންގުމަށާއި، އާ މަޝްރޫޢުތައް ހަލުވިމިނެއްގައި ހިންގުމަށް ބާރުއަޅައި މަސައްކަތްތައް ކުރަށްވަމުންނެވެ.