ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. 76 މިލިއަން އެމެރިކާ ޑޮލަރަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 30 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ. އެ ދެ ރަށުގައި ވެސް އެޅުމަށް ނިންމާފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރ...