މަރާމާތަށް ބަންދުކުރިތާ ހަތަރުމަހެއްހާ ދުވަސްފަހުން، އެ މަސައްކަތް ނިންމައި ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން އެރީނާގެ ދެ ބެޑްމިންޓަން ކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.
ބެޑްމިންޓަން ކޯޓްތައް ހުޅުވުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މިއަދު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގައި ބެޑްމިންޓަން އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ރަންނަރު ޙުސައިން އަލީ އެވެ.
މީގެ ހަތަރުމަހެއްހާ ދުވަސްކުރިން ބެންޒީ ޕްރައިވެޓް ލިމިޓެޑާ އެތަން މަރާމާތު ކުރުމަށް ހަވާލުކުރެވުނުއިރު، އެތަނުގައި ބޭނުންކުރަމުން އަދި ދެ ކޯޓްގެ މެޓް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެތަން އަލުން ހުޅުވާފައިމިވަނީ ކޯޓްގެ މެޓް ބަދަލުކޮށް، އިމާރާތުގެތެރޭ ކުލަލައި ޒީނަތްތެރިކޮށް މޫވަބަލް ނެޓް ޕޯސްޓްތަކާއި އެކުގައެވެ.
ބެޑްމިންޓަން ކޯޓްތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން 784080.00 (ހަތް ލައްކަ އަށްޑިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) ޚަރަދު ކޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!