ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކު، ފުރަތަމަ ވަޑައިގެންނެވި އެވެ.

Ad
rt

އެ ބޭފުޅުންނަށް މަރުހަބާ ދެއްވުމަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ ތިއްބެވެ. އެމީހުންނާ ދެ ބޭފުޅުން ސަލާމްކުރައްވައި ވާހަކަދައްކަވާފައިވެއެވެ.

މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލު ވިދާޅުވެފައިވަނީ، މިރޭ ކުޅުދުއްފުށި ސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިރޭ 08:30 ގައި ޕީޕީއެމްގެ ހޮޅުއައްޓާ ދިމާ ވެލިގަނޑުގައި ސަރަހައްދުގަ އެވެ.

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް މުއިއްޒު ކުރަވަމުންގެންދަވާ މިދަތުރުގައި މިއަދު ވަޑައިގަންނަވާފައިވަނީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމަށެވެ. އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެއެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުން މި ދަތުރުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމް/ޕީއެންސީ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ)، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ފައްޓަވައި، ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ހިންގަވާފައެވެ. އަދި މާލޭ ކާނިވާ ސަރަހައްދުގައި މުއިއްޒުގެ ކެމްޕޭން ޖަގަހައެއް ވެސް ވަނީ ހުޅުވާފައެވެ.