ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މި އަންދާސީ ހިސާބާއި ގުޅިގެން އެސްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީގެ ކަންކަން ނިންމަން ޖެހެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދަން ތާވަލު ކޮށްފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުނާނެއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ މި ބީލަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!