އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، "އުރީދޫ މަސްރޭސް 2023" ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.
އިއްޔެ ކުޅިދިއްފުށީގައި ކުރިއަށްގެންދިޔަ މި މުބާރާތުގައު 20 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގައި ބުޅި ކެނޑި ޓީމުން ޖުމްލަ 1214.25 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާފައިވާއިރު ރަނަރަޕްކަން ހޯދާފާވަނީ 659.05 ޕޮއިންޓާއެކު ލައްޓި އިންނެވެ. އަދި 612.35 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ކުރިބިއަންސް ޓީމުންނެވެ.
މީގެ އިތުރަށް، ޓީމް ލައްޓިގެ އާދަމް ހަލީސް، އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ދަމާ ނަގާ ޓީމުގެ ޚަދީޖާ މޫސާ އެވެ.
މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވާ ބަރުމިނުގައި 25.85 ކިލޯ ގެ މަހެކެވެ. މި މަސް ބޭނީ ބުޅި ކެނޑި ޓީމްއިންހަސަން އަލީއެވެ.
މިއަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ފުޅާކޮށްފައެވެ.
އެކި ސިޓީތަކުގައި މަސްރޭސް ފަށާ ތާރީހުތައް: އައްޑޫ ސިޓީ: އޮގަސްޓް 18 ފުވައްމުލައް ސިޓީ: އޮގަސްޓް 25
ފައިސާގެ އިނާމުތައް: އެއްވަނަ ޓީމު: 25،000 ރުފިޔާ ދެވަނަ ޓީމު: 10،000 ރުފިޔާ ތިންވަނަ ޓީމު: 5،000 ރުފިޔާ އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000 ރުފިޔާ، އެންމެ މޮޅު އަންހެން ކެޔޮޅު: 1،000 ރުފިޔާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!