ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

Ad
rt

މި ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފްކުރަން ބޭނުންވާނަމަ އެ އިދާރާއަށް މެއިލް ކުރެއްވުމަށް ނުވަތަ އެ އިދާރަގެ ފޯން ނަމްބަރަށް (6527192،6527182) މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ގުޅައިގެން ކުރިއަށް ގެންދެވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހުގެ 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޖަލްސާކުރާ މާލަމުގައެވެ.

އެ ކައުންސިލުން މިކަމާއި ގުޅިގެން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މސައްކަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތު އެ ކައުންސިލުގެ ވެބްސައިޓުން ސޮފްޓްކޮޕީ ފޯމެޓްގައި މިއަދުން ފަށައިގެން ލިބެން ހުންނާނެ ކަމަށެވެ.