ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކޮށް އެނިޒާމު ހިންގާ ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މެދުގައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެނިޒާމް ދެމެހެއްޓެނެވިގޮތެއް ހިންގާ ބެލެހެއްޓުމެވެ.
މީގެ އިތުރުން ކު ކުނީގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ކުރިމަތިވަމުންދާ ނުރައްކާތައް ކުޑަކުރުމަކީވެސް މި މަޝްރޫއުގެ މަގުސަދެކެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގައި ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކި ރަށްރަށުގައި ކުނި މެނޭޖު ކުރުމަށް ޒަމާނީ ވަސީލަތްތައް ގާއިމު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!