މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރުން ސަޕްލައި ފެން ދޫކުރުމުގެ ޙިދުމަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ފެން ދޫކުރާ ކިއޮސްކް ޤާއިމްކޮށްފައިވަނީ މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން ރަށުގެ ބަނދަރުގެ އުތުރު ކޮޅުގައެވެ. ފެން ދޫކުރާ އަގުގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ ކޮންމެ ކިއުބިކް މީޓަރެއްގެ ފެނަށް 135 ރުފިޔާ އެވެ. ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ސަޕްލައި ފެނުގެ ޙިދުމަތް މި ސަރަހައްދުތަކުން ލިބޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން ދަންވަރު […]

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތައް ބުރޫ އަަރާގޮތަށް އެކި ވަރުގެ ގެއލުންތައް ދެމުންދާތީ، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ކަންބޮޑުވުންފާޅުކުރަށްވައިފިއެވެ. މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރަށްވައި މޭޔަރ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކޮމިއުނިޓީ ޕާކުގައި ކުޑަކުދިން ކުޅޭ ސާމާނު ބެހެއްޓުމަށް އަޅަމުންދާ ބުޑުތައް ހިކުމުގެ ކުރިން އެއަށް ލައްވާފައިވާ ސްޓަޑްތައް ހަލުވާ ދ...

ކުޅުދުއްފުށީގައި "އިސްވާރު ޕްރޮގްރާމް" ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި "އިސްވާރު ޕްރޮގްރާމް" ފަށައިފި

ކުޅުދުއްފުށި ސިޓީގައި “އިސްވާރު ޕްރޮގްރާމު 2025” ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައި ރަސްމީކޮށް މި ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތު ފަށްޓަވައިދެއްވައި ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އޭޕްރީލް 24 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ލޯކަލް ގަވަރނަންސްއާއި، ޔޫކޭ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އަދި ޔޫއެންޑީޕީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްއާއި ގުޅިގ...

ކުޅުދުއްފުށީ ޙަސަނާތު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ޙަސަނާތު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ މަސްޖިދުލް ޙަސަނާތު މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ ފަރާތުން އަންބަލަން ކޮންސްޓްރަކްޝަން ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޙަސަނާތު މިސްކިތް މަރާމާތުކުރުމުުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މިސކިތް އިސްކުރުބަރި ހުރި ސަރަހައްދު މަރާމާތު ކުރުމާއި، ފިރިހެނުންގެ ފާހަނަ ބަރި މަރާމާތުކުރުމާއި، އިސްކުރުބަރި އަދި ފާހަނާގެ ހޮޅިލައިން ބަދަލުކޮށް ފާހަނަ ސީލިންގ ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، މިސްކިތުގެ އ...

ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް

ކުޅުދުއްފުށި ސިޓީިގައި ސްކޫލް ކުއްޖެއް ބާރު ސްޕީޑެއްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރު ގާތްގަނޑަކަށް 1 ޖަހާ އެހާކަށް ހާއިރު މި އެކްސިޑެންޓް ހިނގީ ސްކޫލް ނިންމުމަށްފަހު ކުއްޖާ އެކަނި ގެޔަށް ދިޔަ މަގުމަތީގައެވެ. މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާއަކީ ޖަލާލުއްދީން ސްކޫލް ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. މަންޒަރު ދުށް ކުޅުދުއްފުށީ ލައިސަންސް ނަގާ ތަނުުގައި ތިބި ބައެއް މީހުން […...

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި
Thiladhunmathi News

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި

މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ހަދަން ނިންމާފައިވާ އައު އިމާރާތް އެޅުމަށް، ބިން އިތުރުކުރުމުގެ ބަދަލުގައި މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އުސްކޮށް އިމާރާތްކޮށް ހިދުމަތްތައް ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުގައި ސިޓީއަކުން އެދިލައްވާފައެވެ. އެ ސިޓީގައި ވަނީ އެސްޓ...

57 ރަށެއްގައި ހައުސިން މަޝްރޫޢު ހިންގަން އަލުން ހުޅުވާލައިފި
Raajje

57 ރަށެއްގައި ހައުސިން މަޝްރޫޢު ހިންގަން އަލުން ހުޅުވާލައިފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިލްޑިންގ (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.  މި ރަށްތަކުގައި ހައުސިން ޔުނިޓް އަޅާނެ ފަރާތްތައް ހޯއްދަން ފިނޭންސުން ކޮށްފައިވާ ޢިއުލާ...

މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް
Thiladhunmathi News

މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް، މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އެޅޭނެ ގޮތުގެ ހިޔާލެއް ހުށަހަޅާފައިވާ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ އެ ސިޓީ ކައުންސިލަށް ސިޓީއަކުން އެދިފައެވެ. އެ ސިޓީގައި އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓ...

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި
Thiladhunmathi News

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްގެ “ސްކޫލް ގްރާންޓް ޕްރޮގްރާމް އުޞޫލު”ގައި ބުނެފައިވާ ގޮތުން މި ގްރާންޓް ދޫކުރަނީ އެ ސްކޫލްތަކަށް އެހީދިނުމުގެ މަޤުސަދުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށެވެ. އަދި ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި އުޞޫލުގެ ދަށުން ގްރާންޓް ދޫކުރެވޭނީ ކުޅުދުއްފ...

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް

ކުޅުދުއްފުށި ސިޓީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެދިލެއްވުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރުގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި، ރަށުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންގެ އިތުރުން ހދ އަތޮޅަށް ނިސަބަތްވާ ކައުންސިލްތަކުގެ ބައެއް މުވައްޒަަފުންވެސް ވަނީ ބައިވެރިވެފައެވެ.  އެގޮތުން މި ޕް...

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން “ފިނިފެހި ނާސަރީ” ގެ ނަމުުގައި ކުޅުދުއްފުށީގައި އައު ނާސަރީ އައުޓްލެޓެއް މިއަދު ހުޅުވައިފިއެވެ. “ފިނިފެހި ސިޓީ” މި އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކާ ގަސްމުޑުވަށް ކުރުމުގެ ގޮތުން މި ނާސަރީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.  ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީ ސިޓީ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ރަށުގެ ބައިއޯޑައިވަރސިޓީ އ...

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ

ކުޅުދުއްފުށި ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އެ ޕިކަޕު ދުއްވާފައި ދިޔަ ބާރުމިނުގައި މަގު މެދުގައި އިން ވަޅުގަނޑަކަށް ޖެހި ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހުނީއެވެ. މިހާދިސާގައި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ އެ […]

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމަށް ކުރިމަތިލުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރަހުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލަަށް ހުށަހެޅުމުގެ ސުންގަޑި އެ ކައުންސިލުން ދީފިއެވެ. ގެދޮރުވެރިކަަމާއި ބިނާރާ ބެހޭ ވުޒާރާއިން މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަސްް ކަމަށް ވަނީ ކަނޑައަޅަފައެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް ކައުންސިލަށް ގިނަ އަދަދަކަށް ފޯމު ހުށަހަޅަމުން ދިއުމާއެކު ޢިމަރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށ...

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް
Raajje

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް

ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މ...

ކުޅުދުއްފުށީގައި ގޯތިތަކުގެ އިންފާރުން ބޭރުގައި އިންދާފައިވާ ގަސްތައް ނަގަން އަންގައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ގޯތިތަކުގެ އިންފާރުން ބޭރުގައި އިންދާފައިވާ ގަސްތައް ނަގަން އަންގައިފި

ކުޅުދުއްފުށި ސިޓީގެ ގޯތިތަކުގެ މަގުފާރު ކައިރި ބޭރުގައި އެކި ބާވައްތަކުގެ ގަސްތައް އިންދައި، ގަސް ހެއްދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ، ވީ އެންމެ އަވަހަކަށް ގަސްތައް ނެގުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، މި ކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ދަނީ ހުށަހެޅެމުންނެވެ. އެހެންކަމުން، އިންފާރުން ބޭރު މަގުގައި ގަސް ހައްދާފައިވާ ގޯތިތަކުން ވީ އެންމެ އަވަހަކަށް އެ ގަސްތައް ނެގުމަށް އިއުލާނުގައި އ...