ކުޅުދުއްފުށި ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތައް ބުރޫ އަަރާގޮތަށް އެކި ވަރުގެ ގެއލުންތައް ދެމުންދާތީ، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ކަންބޮޑުވުންފާޅުކުރަށްވައިފިއެވެ.

މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރަށްވައި މޭޔަރ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކޮމިއުނިޓީ ޕާކުގައި ކުޑަކުދިން ކުޅޭ ސާމާނު ބެހެއްޓުމަށް އަޅަމުންދާ ބުޑުތައް ހިކުމުގެ ކުރިން އެއަށް ލައްވާފައިވާ ސްޓަޑްތައް ހަލުވާ ދަމާ، އެކި ވަރުގެ ގެއްލުންތައް ދީފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން، އަމީރު އަމީން ސްކޫލްގެ މަރާމާތުގެ މަސައްކަތަށް ގެނެސްފައިވާ ބައެއް ތަކެއްޗަށްވެސް ގެއްލުންދީފައިވާކަން މޭޔަރ ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން މިކަހަލަ ގެއްލުންތައް ދިނުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވައި، މަދު ބައެއްގެ މިފަދަ އަމަލުތަކުން ގެއްލުން ލިބޭނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަމާއި، އެއްވެސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ނުހިނގުމަށް މޭޔަރުވަނީ އެދިލައްވާފައެވެ.

މޭޔަރު އާތިފް ވަނީ ކުރިޔަށް އޮތް ތާނގައި މިފަދަ އަމަލެއް ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރުމަށްވެސް މޭޔަރ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.