ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލްގެ "ސްކޫލް ގްރާންޓް ޕްރޮގްރާމް އުޞޫލު"ގައި ބުނެފައިވާ ގޮތުން މި ގްރާންޓް ދޫކުރަނީ އެ ސްކޫލްތަކަށް އެހީދިނުމުގެ މަޤުސަދުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށެވެ. އަދި ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެގޮތުން މި އުޞޫލުގެ ދަށުން ގްރާންޓް ދޫކުރެވޭނީ ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ސަރުކާރު ސްކޫލްތަކަށް އެކަންޏެވެ.
ގްރާންޓުން ޕްރޮޖެކްޓް ހިންގުމަށް ހުށަހެޅޭނެ ދާއިރާތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ދަރިވަރުންގެ ޔުނީފޯމް ބޮޑީސްގެ ހަރަކާތްތައް ކުރިއެރުވުމާއި، ދަރިވަރުންނަށް ކުޅިވަރު މުބާރާތައް ކުރިޔަށް ގެންގޮސް، ދަރިވަރުންނަށް ކިޔަވައިދިނުމަށް ގުޅުހުރި ވަސީލަތްތައް ހޯދައިދިނުމަށާއި، ދަރިވަރުންނަށް އަދަބީ ހަރަކާތްތައް ހިންގުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ.
ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" ހަވާލުކޮށްފި
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 10 މެއި 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު ދޭއް ޖެހުމުުގެ ކުރިންނެވެ.
މި ގްރާންޓުގެ ޖުމްލަ އަދަދަކީ ތިން ލައްކަ ރުފިޔާއެވެ. އޭގެ ތެރެއިން ކޮންމެ ސްކޫލަކަށް މިއަހަރު އެއް ލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ކުޅުދުއްފުށީ ތިން ސްކޫލަކަށް ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި
މި ގްރާންޓްގެ ދަށުން މިދިޔަ ތިން އަހަރު ވެސް ވަނީ ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް އެހީ ދީފައެވެ. މިގޮތުން މި ދިޔަ އަހަރު ވެސް އެ ސިޓީގައި ހުންނަ ސަރުކާރު ތިން ސްކޫލްކަމަށްވާ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒަށް، އެއިން ކޮންމެ ސްކޫލަކަށް 100،000 ރުފިޔާގެ އެހީ ދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!