ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމަށް ކުރިމަތިލުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރަހުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލަަށް ހުށަހެޅުމުގެ ސުންގަޑި އެ ކައުންސިލުން ދީފިއެވެ.

ގެދޮރުވެރިކަަމާއި ބިނާރާ ބެހޭ ވުޒާރާއިން މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަސްް ކަމަށް ވަނީ ކަނޑައަޅަފައެވެ.

Ad
rt

އެހެންވެ، ކޮންމެ ދުވަހަކުވެސް ކައުންސިލަށް ގިނަ އަދަދަކަށް ފޯމު ހުށަހަޅަމުން ދިއުމާއެކު ޢިމަރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށް ފާސްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރެހުންތައް 23 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ސިޓީ ކައުންސިލުން ވަނީ، ކައުންސިލުން ކުރެހުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ ކުރެހުންތައް ލޯނަށް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ފާސްނުކުރެވޭނެކަން ވެސް ހަނދާންކޮށްދީފައެވެ.

"ހިޔާވެހި ފައިނޭންސިން" މި ޕްރޮގްރާމަކީ، މާލީ އެކި ސަަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން އިފްތިތާހުކުރައްވާފައިވާ ލޯނެކެވެ.

ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނެ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެއްމެ އިސް ސިޔާސަތެވެ.