ކުޅުދުއްފުށި ސިޓީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެދިލެއްވުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރުގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި، ރަށުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންގެ އިތުރުން ހދ އަތޮޅަށް ނިސަބަތްވާ ކައުންސިލްތަކުގެ ބައެއް މުވައްޒަަފުންވެސް ވަނީ ބައިވެރިވެފައެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމްގެ ބައިވެރިން، ފޮޓޯ: ކ.ސިޓީ ކައުންސިލް

އެގޮތުން މި ޕްރޮގްރާމުގައި އަލިއަޅުވާލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މާލީ ޒިންމާތަކާއި، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ބަޖެޓުގެ އިތުރުން ފައިސާގެ މުއާމަލާތުތަކާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއްގެ މައްޗަށެވެ.

މި ތަމްރީނު ޕްރޮގްރާމު ނަންގަވައިދެއްވީތީ ކުޅުދުއްފުށި ސިޓީ ކައުންސިލުންވަނީ ޕަބްލިކް ފައިނޭންސް އިންސްޓިއުޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މުވައްޒަފުންގެ މަސައްކަތުގެ ކުރިއެރުމަށް މިފަދަ ޕްރޮގްރާމްތައް ބާއްވައި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް ފާހަގަކުރެވެއެވެ.