ކުޅުދުއްފުށި ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އެ ޕިކަޕު ދުއްވާފައި ދިޔަ ބާރުމިނުގައި މަގު މެދުގައި އިން ވަޅުގަނޑަކަށް ޖެހި ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހުނީއެވެ.

Ad
rt

މިހާދިސާގައި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ އެ ތަނަށް ގޮސްފައެވެ. ނަމަވެސް މި މައްސަލަ ބަލަމުން އަންނަކަމުގެ ރަސްމީ ބަހެއް ފުލުހުން އަދި ނުބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް ކުޅުދުއްފުށީގައި ވަނީ 18 އަހަރު ނުވާ ކުޑަކުއްޖެއް ދުއްވި ޕިކަޕެއް އެއާޕޯޓު ފެންސުގައި ޖެހި ގެއްލުންތަކެއް ލިބިފައެވެ. އެ ޕިކަޕު ފަހުން ޓޯކޮށް، ޕިކަޕުގެ ވެރިމީހާ އަތުން ޖޫރިމަނާއެއްވެސް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.