ކުޅުދުއްފުށި ސިޓީގައި "އިސްވާރު ޕްރޮގްރާމު 2025" ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައި ރަސްމީކޮށް މި ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ރަސްމިއްޔާތު ފަށްޓަވައިދެއްވައި ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.

Ad
rt

އޭޕްރީލް 24 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ލޯކަލް ގަވަރނަންސްއާއި، ޔޫކޭ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އަދި ޔޫއެންޑީޕީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްއާއި ގުޅިގެން ބޭއްވޭ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމް މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، ލީޑަރޝިޕް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާތަކަށް އަންހެނުން އަހުލުވެރިކޮށް ބައިވެރިކުރުވުމެވެ.

މި ޕްރޮގްރާމުގައި ހއ، ހދ، ށ އަދި ނ އަތޮޅުގެ 40 އަންހެނުން ބައިވެރިވެފައިވެއެވެ.