ޖަޕާނުގެ ސަފީރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފި
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވާފައެވެ. މިގޮތުން ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ...