ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ރޭ ލޯންޗުކޮށްފިއެވެ.

މި މުބާރާތް ލޯންޗްކޮށްފައި ވަނީ ރޭ މާލޭގައި ބޭއްވި 10 ވަނަ "ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025" ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ރަސްމީކޮށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

Ad
rt

މިމަހު 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ "ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025" ގައި ރާއްޖެއިން ވާދަކުރާ 14 ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ޖާރޒީ ހަވާލުކުރުމަށް ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައި މި ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިޢު އެވެ.

ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025" ގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

މި ރަސްމިއްޔާތުގެ ތެރެއިން މި އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ލޯންޗުކޮށް، ޕްރެސް ބްރީފިންގ އެއް ބާއްވާފައިވެއެވެ.

ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް އޮމާން 2025" ގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

އެގޮތުން ވަޒީރާއެކު ކުޅުދުއްފުށި ސިޓީގެ މޭޔަރ، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ވަނީ މި މުބާރާތާ ބެހޭގޮތުން ޕްރެސް ބްރީފިންގ އެއް ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ ވާހަކަފުޅު ދައްކަވައި ވިދާޅުވެފައިވަނީ، ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ހޯސްޓް ކުރުމަށް ކަނޑައެޅިފައިވާއިރު އެ ރަށަކީ ބޮޑެތި އިވެންޓްތައް ހިންގުމުގައި ތަޖުރިބާ ހުރި ޖަމުއިއްޔާތަކާއި ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކަން އޮތް ރަށެއްކަމަށެވެ.

ކުޅުދުއްފުށީގައި ބާއްވާ "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ލޯންޗުކުރުމަށްފަހު މޭޔަރު އާތިފް ވާހަކަ ދައްކަވަނީ، ފޮޓޯ: ޔޫތު މިނިސްޓްރީ

އަދި ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނަކީ ޤައުމީ ކަންކަމާއި ރަށުގެ ކަންކަމުގައި ފުރިހަމަ އެއްބާރުލުމާއި ޖޯޝުގައި މަސައްކަތްކުރާ ރައްޔިތުންތަކެއް ތިބި ރަށެއް ކަމަށް ފާހަގަކޮށް، މިފަހަރުގެ ކޮމަންވެލްތްގޭމްސް ކާމިޔާބު ކަމާއެކު ނިންމާލެވޭނެކަމުގެ ޔަޤީންކަންވެސް މޭޔަރ ދެއްވާފައިވެއެވެ.

ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް، ރާއްޖެ ތަމްސީލުކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެއް

އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ފިރިހެން ޓީމަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޓީމެއްކަން ފާގަހަކޮށްލެވެއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ.