ކުޅުދުއްފުށި ސިޓީގައި ބޭއްވި "އިސްވާރު - ވިމެން އިން ލޯކަލް ގަވަނެންސް" ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހު 24 އިން 30 އަށް ބޭއްވި މި 7 ދުވަހުގެ ޕްރޮގަރާމުގައި އުތުރުގެ އަތޮޅުތަކުން 35 ފަންނުވެރި އަންހެން ލީޑަރުން ބައިވެރިވެފައިވެއެވެ.
އެގޮތުން މި ޕްރޮގަރާމް ހިންގައި ކުރިއަށް ގެންދިޔައީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫއެންޑީޕީ، ލޯކަލް ގަވަރމަންޓ އޮތޯރިޓީ، މޯލްޑިވްސް އިންސިޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ އިތުރުން ޔޫކޭ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.
ލީޑަޝިޕާއި ލޯކަލް ގަވަރނަންސްގެ ދާއިރާތަކުން އަންހެނުން އަހުލުވެރިކުރުވައި ބާރުވެރިކުރުމުގެ މަގުސަދުގައި ބޭއްވުނު މި ޕްރޮގްރާމުުގައި ދަސްކޮށްދެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ކޮމިއުނިޓީ މޮބިލައިޒޭޝަން، އިންކްލޫސިވް ގަވަރނަންސް، ކެމްޕެއިން ސްޓްރެޓެޖައިޒިންގ އަދި ޕޮލިސީ ހެދުމުގެ ހުނަރުތައް ހިމެނެއެވެ.
މި ޕްރޮގްރާމް ނިމުނު އިރު ޕްރޮގްރާމުގެ ބައިވެރިންގެ ޝުއޫރުތައް ފާޅުކޮށް، ޕްރޮގްރާމުގެ ސަބަބުން އެއްވެސް ކަމަކާ ފަސްނުޖެހި ކުރިމަތިލާން ދަސްވެ، އުނގަންނައިދިން މުހިންމު މައުލޫމާތުތައް ފާހަގަކޮށްފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުމަށް މިކަހަލަ ޕްރޮގަރާމްތައް ބާއްވާތީ ހިންގައި ކުރިއަށް ގެންދެވުނު ފަރާތްކަށް ޝުކުރުއަދާ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!