ކުޅުދުއްފުށި ސިޓީގައި "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" އެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި މި ކޮމިޓީ އަކީ ޤާނޫނުގެ (ނަމްބަރު 28/2015) ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއަކާއި، އަތޮޅަކާއި، މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފައްދަން ލާޒިމުކޮށްފައިވާތީ އިފްތިތާޙްކޮށްފައިވާ ކޮމިޓީއެކެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ އެކުލަވާލާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހި ރެޑް ކްރެސެންޓް، މޯލްޑިވްސް ޕޮލިސް ސާރވިސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް ގެ އިތުރުން ކްލަބް އެސޯއޭޝަން ރެޕްރެޒެންޓޭޝަން ހިމެނޭ ގޮތަށެވެ.
މި ކޮމިޓީ އިފްތިތާޙްކުރުމަށް ބޭއްވި ބައްދަލުވުމުުގެ ތެރޭގައި ސިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އެކްޓިވޭޝަން އިޖުރާއަތްތަކާއި ކޮމިޓީގެ ހިންގާ ގަވާއިދު ހުށަހަޅައިދީ، ކޮމިޓީގައި ތިއްބަވާ މުއައްސަސާތަކާއެކު ފަހުމުނާމާއެއްގައި ސޮއި ކުރެވުނެވެ.
އަދި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޑެޕިއުޓީ ޗެއަރ ޕާރސަންގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު ވަނީ މި މަގާމަށް އައްޔަންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!