ކުޅުދުއްފުށި ސިޓީގައި ބޭއްވި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން މެރިން މެކޭނިކް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގައި ހިމެނޭ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯސް، 11 ދަރިވަރަކު ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Ad
rt

އެގޮތުން މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އަދި މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓްގެ އިސްވެރިއަކާއި ސިޓީ ކައުންސިލްގެ ބައެއް ކައުންސިލް މެންބަރުންވަނީ ބައިވެރިވެފައެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި އައިލެންޑް އިންސްޓިޓިއުޓްއޮފް ޓާޝިއަރީ އެޑިއުކޭޝަން އަދި ޓްރާންސްޕެރެންސީ މޯލްޑިވްސްއާއި ގުޅިގެންނެވެ.

މިފަދަ ކޯސްތައް ހިންގުމުން ރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރި ދާއިރާއަކުން ކޮންމެ ޒުވާނަކަށްވެސް ނިކުމެވޭނެކަމަށާއި މިފަދަ ދާއިރާ ތަކުން ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެއެވެ.