ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ
ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ. ޗައިލްޑް އޯޓިޒަމް ވިތް...