ހދ. ނެއްލައިދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮޮތުގައި ރަށް މޮނިޓަރިން އަށް ލެވިފައި މިވަނީ މިމަހުގެ 4 ވީ އަންގާރަ ދުވަހު އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ފުލޫ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
އެގޮތުން މިހާރު ވަނީ އެރަށުގައި ކޯވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގެ ތެރޭގައި ހިމެނެނީ:
- ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާއްމު ތަންތަނަށް ނިކުމެ އުޅުމަކީ މަނާކަމެކެވެ.
- ޝަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުން.
- އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި ޢާއްމު ތަންތާނގައި އެއްވެއުޅުން
ހުއްޓައިލުން.
- ނހުރިހާ ކުޅިވަރު ޙަރަކާތްތަކާއި، ކަސްރަތު ޙަރަކާތްތައް ހިންގުން ހުއްޓައިލުން.
- ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
- ހޮޓާތަކާއި، ކެފޭތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.
މީގެއިތުރުން ފުރަތަމަ ބަޔާންކޮށްފައިވާ ފިޔަވަޅުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާވާނެ ކަމަަށް އެކައިންސިލުން ވަނީ ބުނެފައެވެ. އެފަރާތްތަކަކީ:
- ސިފައިންނާއި ފުލުހުން
- ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
- އެމްބިއުލަންސް.
- މޮނިޓަރިންގެ ޙާލަތުގައި އޮންނަ ރަށްރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް.
- އިމަރޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް.
ނެއްލައިދޫ ކައުންސިލުން ވަނީ މި އެޅުނު ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެގޮތުގެމަތިން ޢަމަލުކުރުމަށް އެރަށުގެ ރައްޔިތުންގެ ފަރާތުން އެދިލައްވާފައެވެ.
މި ކޭސް އާއި ގުޅިގެން އެރަށުން އިތުރު 5 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ރަށުގެ 19 ގެ އެއް ވަނީ މިވަގުތު ކަރަންޓީން އަށް ލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!