މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ނެއްލައިދޫ

83 Stories filed
ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ ނެއްލައިދޫ އާއި ހއ އިހަވަންދޫ ބަނދަރުގެ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 17 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ […]

ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު
Report

ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ...

ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
Thiladhunmathi News

ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީ އިން މަޢުލޫމާތު ދޭގޮތުގައި 365 ދުވަސް ތެރޭގައި...

ނެއްލައިދޫގައި ލަނޑާ ނެގުން ހުއްޓައެއް ނުލާ: ކައުންސިލް
Thiladhunmathi News

ނެއްލައިދޫގައި ލަނޑާ ނެގުން ހުއްޓައެއް ނުލާ: ކައުންސިލް

ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ. ނެއްލައިދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ނެއްލައިދޫގައި ލަަނޑާ ނެގުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މަޖިލިސްގައި ދެއްކެވި ވާހަކަ ދޮގުކުރައްވައެވެ. ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރުވެސް ދިހަ ވަރަކަށް ޑިންގީ ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭކަމަށާއި އެ...

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު
Thiladhunmathi News

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު

ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ލަނޑާ މަސްވެރިކަމަކީ ނެއްލައިދޫގައި ވަރަށް ބޮޑު ޢާމްދަނީއެއް ވައްދާ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެކަން މިހާރު އޮތީ ހުއްޓިފައިކަމަަށެވެ. ޒިޔާދު ވިދާޅުވީ ލަނޑާ ނެގުން ހުއްޓީފައި އޮތީ ލަނޑާ ވިއްކާނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި ކުރިން […]

ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި
Sports

ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފިއެވެ. 7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި 1-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ފްރެންޑްސްއަށް ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 23 ހުސައިން ފަރުހާދެވެ. ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިކަ […]

ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި
Sports

ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި

ދ. ނެއްލައިދޫ ކައުންސިލް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައިފި އެވެ. މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި އެވެ. ހަމަނުޖެހުން ހިންގީ ދެވަނަ ހާފުގައި ދެ ޓީމު 1-1 އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ގޯލެއް ހޫނުވެ އެވެ. އެއީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ކުޅުންތެރިން ހަމަނުޖެހުން ހިންގަން ފެށީ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. […]

ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި
Sports

ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

  ނެއްލައިދޫ ކައުންސިލުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނެއްލައިދޫ ކައުންސިލްކަޕް ގެ 9 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލް ކަޕް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ އެފްސީ ފެލްކަންއާއި މިދިޔަ އަހަރުގެ ރަނަރަޕް ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވީ އެއްވަރެވެ. ވިއްސާރައިގެ ސަބަބުން މެޗު ފެށުނީ 30 މިނެޓްފަހުންނެވެ. އަދި ދަނޑުގައި ފެން ހެދިފައިވުމުގެ ސަބަބުން ދެޓީމަށްވެސް […]