Skip to main content
Topic Archive

#ށ. އަތޮޅު ކައުންސިލް

116 Stories filed
ށ.އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫގައި ކުނި މެނޭޖްކުރަން ބޭނުންކުރުމަށް ދެ އުޅަނދު ހޯދައިފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫގައި ކުނި މެނޭޖްކުރަން ބޭނުންކުރުމަށް ދެ އުޅަނދު ހޯދައިފި

ށ. ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމް ހަރުދަނާކުރުމަށް ބޭނުންވާ ދެ ވެހިކަލު ރަށަށް ގެންގޮސް ބޭނުންކުރަންފަށައިފިއެވެ. އެގޮތުން ނަރުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޙާއްސަކޮށްގެން ބޭނުންކުރަން ފަށާފައިވަނީ 2 ރަށު ޕިކަޕެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މި ވެހިކަލްތައް ހޯދާފައި ވަނީ އެ އަތޮޅު ކައުންސިލުން ދިން 100،000.00 ރ. (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ އެހީގައެވެ. މިގޮތުން އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫ ކައުންސިލުން ވަނީ ކުނި...

ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި

ށ.އަތޮޅުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އެ އަތޮޅުގެ ކައުންސިލުން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާއިރު، ށ އަތޮޅު ކަ...

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި

ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ  އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް […]

ކުލަގަދަ ހަރަކާތްތަކާއިއެކު، މިލައުތުރު ހޭންޑްބޯޅަ މުބާރާތް ފެށިގެން ކުރިއަށް
Thiladhunmathi News

ކުލަގަދަ ހަރަކާތްތަކާއިއެކު، މިލައުތުރު ހޭންޑްބޯޅަ މުބާރާތް ފެށިގެން ކުރިއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “މިލައުތުރު ހޭންޑް ބޯޅަ މުބާރާތް 2024” ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ ފަށައިފިއެވެ. މި މުބާރާތް ރާވާލާފައި ވަނީ ބައވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ދެ ރަށެއްގައި މުބާރާތް ކުރިއަށް ގެންދާ ގޮތަށެވެ. މިގޮތުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެ އަތޮޅު ކޮމަންޑޫގައެވެ. ހުކުރު ދުވަހުގެ ރޭ ގިނަ ހަރަކާތްތަކަކާއިއެކު ކުރިއަށް ގެންދިޔަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި […]

މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ
Thiladhunmathi News

މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “މިލައުތުރު ހޭންޑް ބޯޅަ މުބާރާތް” ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕް މެޗުތައް ދެ ރަށެއްގައި ކުޅޭގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، […]

ރަށްވެހި ތަރައްގީގެ ޕްރޮގްރާމަށް ށ.އަތޮޅު ކައުންސިލުން 500000 ރުފިޔާގެ އެހީ
Thiladhunmathi News

ރަށްވެހި ތަރައްގީގެ ޕްރޮގްރާމަށް ށ.އަތޮޅު ކައުންސިލުން 500000 ރުފިޔާގެ އެހީ

ށ.އަތޮޅު ކައުންސިލާއި، އެ އަތޮޅުގެ ރަށު ކައުންސިލްތައް ގުޅިގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމްތަކަށް އަތޮޅު ކައުންސިލުގެ ބަޖެޓުން 500000 (ފަސްލައްކަ) ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ނިންމައި، ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ށ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ކައުންސިލްތަކަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން ވެސް ވަނީ ހިންގަން ބޭނުންވާ ޕްރޮގްރާމ...

ކުނި މެނޭޖް ކުރުމަށް ށ.އަތޮޅު ކައުންސިލުން ހަތަރު ރަށަކަށް ލައްކައިގެ އެހީއެއް
Thiladhunmathi News

ކުނި މެނޭޖް ކުރުމަށް ށ.އަތޮޅު ކައުންސިލުން ހަތަރު ރަށަކަށް ލައްކައިގެ އެހީއެއް

ށ.އަތޮޅުގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމަށް އެ އަތޮޅު ކައުންސިލުން، ލައްކައިގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. ފާއިތުވި އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ށ.އަތޮޅު ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން އަތޮޅުގެ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގައި ކުނި މެނޭޖެކުރުން ހަރުދަނާކުރުމަށް އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. މިގޮތިތަށް ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތަރު ރަށަށް، ކޮންމެ ރަށަކަށް 100000 (އެއްލައްކަ) ރުފިޔާގެ...

މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށް ދެއްވައިފި
Raajje

މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށް ދެއްވައިފި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ.މާއުނގޫދޫގައި އިއްޔެ ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް މިއަހަރު ބާއްވަން ކަނޑައަޅާފައި ވަނީ މާއުނގޫދޫއެވެ. މި ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ، ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ސަޤާފީ ހަވީރު ވެސް ޝަރަފްވެރިކޮ...

ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ދީފިއެވެ. އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީއަށް ހޮވިފައިވަނީ ކަނޑިތީމު ޑަބްލިއުޑީސީ، ނަރުދޫ ޑަބްލިއުޑީސީގެ އިތުރުން ގޮއިދޫ ޑަބްލިއުޑީސީއެވެ. އެ އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާފައި ވަނީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވި ހާއްސަ ހަރަކާތްތައްކުގެ ތެރޭ ހިމެނޭ ދުވަހުގެ ހާއްސަ ޖައްލާގައެވެ. އެ ޖަލްސާ...

އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާ، ށ.އަތޮޅު ކައުންސިލުން އެވޯޑް ދެނީ
Thiladhunmathi News

އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާ، ށ.އަތޮޅު ކައުންސިލުން އެވޯޑް ދެނީ

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ނަމުގައި އެވޯޑެއް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މި އެވޯޑް ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ބާއްވާ ދުވަހުގެ ހާއްސަ ޖަލްސާގައެވެ. ށ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު ފެންވަރުގައި ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން މި އަހަރު ނިންމާފައި ވަނީ […]

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން، ށ.އަތޮޅު ކައުންސިލުން ތައްޔާރުވަނީ
Thiladhunmathi News

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން، ށ.އަތޮޅު ކައުންސިލުން ތައްޔާރުވަނީ

މި އަހަރުގެ ގައުމީ ދުވަސް އަތޮޅު ފެންވަވަރުގައި ފާހަގަކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް ށ.އަތޮޅު ކައުންސިލުން ވާން ފަށައިފިއެވެ. މި މަހުގެ ހަތްވަނަ ދުވަހު އަތޮޅު ކައުންސިލްގެ ފަރާތުން ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ އަތޮޅު މާއުނގޫދޫގައެވެ. މާއުނގޫދޫގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އަތޮޅުގެ ރައްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ރަށަކީ އެއީ ކަމުގައިވާތީއެ...

ށ.އަތޮޅު ކައުންސިލުން، އެއް ލައްކަ ރުފިޔާގެ ގްރާންޓް ދޭނެ ތިން ޖަމިއްޔާ ހޮވައިފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލުން، އެއް ލައްކަ ރުފިޔާގެ ގްރާންޓް ދޭނެ ތިން ޖަމިއްޔާ ހޮވައިފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް، ދޫކުރާ ތިން ޖަމިއްޔާ ހޮވައިފިއެވެ. ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލާފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، ފަންޑް ދޫކުރާނެ ތިން ޕްރޮޖެކްޓް އަތޮޅު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ތިން ޕްރޮޖެކްޓަކީ ތާނަ އައިލެންޑް […]

ށ.އަތޮޅު ކައުންސިލުން ބޭއްވި ފުޓްސަލް ބޭސިކް ރެފްރީ ކޯސް ނިންމާލައިފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލުން ބޭއްވި ފުޓްސަލް ބޭސިކް ރެފްރީ ކޯސް ނިންމާލައިފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުޓްސަލް ބޭސިކް ރެފްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ށ.ފުނަދޫގައި ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި ކޯސް ނިންމާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެ އަތޮޅުގެ 13 ރަށަކުން 33 ފަރާތަކުން ވަނީ […]

ށ.އަތޮޅު ޑަބްލިއުޑީސީތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީދެނީ
Thiladhunmathi News

ށ.އަތޮޅު ޑަބްލިއުޑީސީތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީދެނީ

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުމަށް ނިންމާފައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއާއި އިޖުތީމާއީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. މި ޕްރޮގ...

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް
Thiladhunmathi News

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް އެ އަތޮޅު ފުނަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް 34 ބައިވެރިންނާއިއެކު ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. […]