ށ.އަތޮޅު ކައުންސިލާއި، އެ އަތޮޅުގެ ރަށު ކައުންސިލްތައް ގުޅިގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމްތަކަށް އަތޮޅު ކައުންސިލުގެ ބަޖެޓުން 500000 (ފަސްލައްކަ) ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ނިންމައި، ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ށ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ރަށްވެހި ތަރައްގީގެ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ކައުންސިލްތަކަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން ވެސް ވަނީ ހިންގަން ބޭނުންވާ ޕްރޮގްރާމް ހުށަހަޅާފައެވެ.

Ad
rt

އަތޮޅުގެ 14 ރަށުގެ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ބުނީ އަތޮޅުގެ ރަށްތަކުގައި ރަށްވެހި ތަރައްގީގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ހަރަދު ހަމަޖެއްސުމަށް 500000 (ފަސްލައްކަ) ރުފިޔާގެ ބަޖެޓެއް އެ ކައުންސިލުން ކަނޑައެޅި ކަމަށާއި، ބަޖެޓުން ކޮންމެ ކައުންސިލަކަށް ޖެހޭ ފައިސާގެ އަދަދުގެ 50 އިންސައްތަ ފޯރުކޮށްދެނީ އެއްވަރަކަށް ކަމަށެވެ. ދެން ބާކީއޮތް 50 އިންސައްތަ ފައިސާ ފޯރުކޮށްދެނީ އިވެލުއޭޓް ކުރަންޖެހޭ ކަންކަން ބެލުމަށް ފަހު ރަށުގެ އާބާދީގެ ނިސްބަތަށް ވެސް ބަލައިގެން ކަމަށެވެ.

ޕްރޮގްރާމްތައް

ރަށް: ކަނޑިތީމް ކައުންސިލް

ޕްރޮގްރާމް: ކައުންސިލް މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކޮށް މަސައްކަތު ފެންވަރު ރަނގަޅު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ރާވާ ހިންގުން.

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 39222.59 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 39222.59 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 100 އިންސައްތަ

ރަށް: ނޫމަރާ ކައުންސިލް

ޕްރޮގްރާމް: ނޫމަރާ ކައުންސިލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލު ކުރުމަށްޓަކައި ބައިކުރަން ޖެހޭ ކްލާސް ރޫމް ބައިކުރުމުށް ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރުން.

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 30000.00 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 24561.78 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 82 އިންސައްތަ

ރަށް: ގޮއިދޫ ކައުންސިލް

ޕްރޮގްރާމް: ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކޮށް މަސައްކަތު ފެންވަރު ރަނގަޅު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ރާވާ ހިންގުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 40128.00 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 27805.55 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 69 އިންސައްތަ

ރަށް: ފޭދޫ ކައުންސިލް އިދާރާ

ޕްރޮގްރާމް: ބަނދަރުގައި އިސްރަށްވެހިންނަށް ހާއްސަ މައިޒާނެއް ހެދުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 65097.64 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 35097.64 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 54 އިންސައްތަ

ރަށް: ފީވަކު ކައުންސިލް

ޕްރޮގްރާމް: ކުނި މެނޭޖް ކުރުމަށް ރަށުފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޕްރޮގްރާމެއް ރާވާ ހިންގުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 50000.00 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 33220.34 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 66 އިންސައްތަ

ރަށް: ބިލެއްފަހީ ކައުންސިލް

ޕްރޮގްރާމް: ޕިކްނިކް ސަރަހައްދަށް މޫދު ކުޅިވަރު ކުޅޭ ސާމާނު ގަތުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 44999.37 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 27665.07 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 61 އިންސައްތަ

ރަށް: ފޯކައިދޫ ކައުންސިލް

ޕްރޮގްރާމް: ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 98117.67 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 43117.67 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 44 އިންސައްތަ

ރަށް: ނަރުދޫ ކައުންސިލް

ޕްރޮގްރާމް: ނަރުދޫގައި ދިރިއުޅޭ މީހުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކަތެރިވުމަށް އެހީ ހޯދުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 26528.48 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 26528.48 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 100 އިންސައްތަ

ރަށް: މާއުނގޫދޫ ކައުންސިލް

ޕްރޮގްރާމް: ރަށުގެ ބަނދަރު ޒީނަތްތެރިކޮށް މައިޒާންތަކުގެ އާބާތުރަ ފިލުވުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 33680.09 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 33680.09 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 100 އިންސައްތަ

ރަށް: މަރޮށީ ކައުންސިލް

ޕްރޮގްރާމް: މޭވާއަޅާ ގަސް އިންދުމުގެ ޕްރޮގްރާމެއް ރާވާ ހިންގުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 484500.00 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 30564.03 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 6 އިންސައްތަ

ރަށް: ޅައިމަގު ކައުންސިލް

ޕްރޮގްރާމް: ރަށުގެ އެކި ހިސާބުގައި ކުނި އަޅާ ޑަސްބިން ބެހެއްޓުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 59925.49

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 29925.49 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 50 އިންސައްތަ

ރަށް: ކޮމަންޑޫ ކައުންސިލް

ޕްރޮގްރާމް: ބަނދަރާއި ރަށުގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 75170.44 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 42517.44 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 57 އިންސައްތަ

ރަށް: ފުނަދޫ ކައުންސިލް

ޕްރޮގްރާމް: ރަށުގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 2051586.00 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 53525.82 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 3 އިންސައްތަ

ރަށް: މިލަންދޫ ކައުންސިލް

ޕްރޮގްރާމް: މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިވުމާއި ކަނޑުމަތީގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ނިޔަމި ކޯސް ހިންގުން

ޕްރޮގްރާމްގެ ޖުމްލަ ހަރަދު: 52568.01 ރުފިޔާ

އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ބަޖެޓް: 52568.01 ރުފިޔާ

އަތޮޅު ކައުންސިލުން ހިއްސާވާ އިންސައްތަ: 100 އިންސައްތަ