ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް، ދޫކުރާ ތިން ޖަމިއްޔާ ހޮވައިފިއެވެ.

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލާފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

Ad
rt

އެ ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، ފަންޑް ދޫކުރާނެ ތިން ޕްރޮޖެކްޓް އަތޮޅު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ތިން ޕްރޮޖެކްޓަކީ

  • ތާނަ އައިލެންޑް މޮނިއުމެންޓް ތައްޔާރުކުރުން - ބުލޫ ގިލްޑް/ ކަނޑިތީމް
  • އޮފީސް އިމާރާތް އަދި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން - ޅައިމަގު އެކުވެރިންގެ ރޫހް
  • ތިމާވެއްޓާއި ރައްޓެހި ބާބަކިއު އޭރިއާއެއް ތަރައްގީ ކުރުން - ޔުނިޓީ ސްޕޯޓްސް އެކަޑަމީ/ ފުނަދޫ

ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮށްފައި ވަނީ 75000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ގްރާންޓެކެވެ.

ކްލަބް ޖަމިއްޔާތަކުގެ އެދުމުގެ މަތިން އަތޮޅު ކައުންސިލުން ވަނީ މި އަހަރު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓެއް ދިނުމަށް ނިންމާފައެވެ.