މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ.މާއުނގޫދޫގައި އިއްޔެ ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް މިއަހަރު ބާއްވަން ކަނޑައަޅާފައި ވަނީ މާއުނގޫދޫއެވެ.

Ad
rt

މި ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ، ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ސަޤާފީ ހަވީރު ވެސް ޝަރަފްވެރިކޮށްދެއްވާފައެވެ.

ށ. އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ މި ސަޤާފީ ހަވީރުގައި ޤައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއް ގާއިމުކޮށްފައިވެއެވެ.

މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ޤައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހެޅުންވެސް އޮތެވެ.

މީގެ އިތުރުން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މާއުނގޫދޫގައި ރޭ ބާއްވި ޚާއްޞަ ޖާފަތުގައި ވެސް ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.