ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ "މާރެސް އެވޯޑް" ދީފިއެވެ.
އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީއަށް ހޮވިފައިވަނީ ކަނޑިތީމު ޑަބްލިއުޑީސީ، ނަރުދޫ ޑަބްލިއުޑީސީގެ އިތުރުން ގޮއިދޫ ޑަބްލިއުޑީސީއެވެ.
އެ އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާފައި ވަނީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވި ހާއްސަ ހަރަކާތްތައްކުގެ ތެރޭ ހިމެނޭ ދުވަހުގެ ހާއްސަ ޖައްލާގައެވެ.
އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ޑަބްލިއުޑީސީތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.
ށ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަރަކާތްތައް މާއުނގޫދޫގައި އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު. ޖަލްސާގެ އިތުރުން އެ ދުވަހުގެ މުނާސަބަތުގައި ސަގާފީ ކުޅިވަރުތަކާއި، ދިވެހި ކެއުން ހިމެނޭ ޖާފަތެއް ވެސް ވަނީ ބާއްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!