ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ "މާރެސް އެވޯޑް" ނަމުގައި އެވޯޑެއް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މި އެވޯޑް ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ބާއްވާ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

Ad
rt

ށ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު ފެންވަރުގައި ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން މި އަހަރު ނިންމާފައި ވަނީ މާއުނގޫދޫގައެވެ. ޖަލްސާގެ އިތުރުން އެ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގައި ސަގާފީ ކުޅިވަރުތަކާއި، ދިވެހި ކެއުން ހިމެނޭ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ދުވަހުގެ ހާއްސަ ޖައްލާ ބޭއްވުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި، ދިވެހި ކެއުން ހިމެނޭ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ގައުމީ ދުވަހަކީ މި މަހުގެ 4 ވަނަ ދުވަހެވެ. އެ ދުވަހު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ނިންމާފައިވުމުގެ އިތުރުން އުތީމުގައި ވެސް އެ ދުވަހު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ، ފުށުއެރުންތަކުން ސަލާމަތްވުމުގެ ގޮތުން ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި އިވެންޓްތައް ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވަނީ 7 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.