Skip to main content
Topic Archive

#Shaviyani Noomaraa

54 Stories filed
ނޫމަރާގައި ހިތްގައިމު "ޒިޔާރަތު ބީޗު" ހުޅުވައިފި، ޕްރައިވެޓްކޮށް ވެސް މުޅިން ހިލޭ ބޭނުންކުރެވޭނެ
Thiladhunmathi News

ނޫމަރާގައި ހިތްގައިމު "ޒިޔާރަތު ބީޗު" ހުޅުވައިފި، ޕްރައިވެޓްކޮށް ވެސް މުޅިން ހިލޭ ބޭނުންކުރެވޭނެ

ށ. ނޫމަރާގައި ތަރައްޤީ ކުރެވުނު “ޒިޔާރަތު ބީޗު” ނިންމައި، އާންމުންނަށް ހުޅުވާލައިފިއެވެ. ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ ބީޗު ހެދުމުގެ މަސައްކަތަކީ، ރަށުގެ އާންމު ފަރާތްތަކަކުން ކޮށްދެއްވި އަގުހުރި މަސައްކަތެއްކަމަށެވެ. މި ބީޗް ހެދުމަށް ބޭނުންވާ ބައެއް ތަކެތި ކައުންސިލުން ފޯރުކޮށްދިން ނަމަވެސް، މި ބީޗު މިހާ ފުރިހަމައަށް ނިންމައިލެވުނީ އެ ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ރަށުގެ އިރުމަތީ ފަރާތުގައި އޮތް މި ބީޗު ނިންމައި، ރަސްމ...

ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
Thiladhunmathi News

ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ށ. ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ނޫމަރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނޫމަރާ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށު ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ލެބޯޓަރީ ހުޅުއްވައިދެއްވުމަށ...

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި
Thiladhunmathi News

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” އިއްޔެ ފަށައިފިއެވެ. އެގޮތުން މުބާރާތުގައި ފުރަތަމަ ބައްދަލުކުރި “ކަތިރިޔަންސް” އަދި “ޗެމްޕިއަން” ގެ މެޗު ކާމިޔާބުކުރީ ޗެމްޕިއަން ޓީމެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، މި ފިއެސްޓާގައި ބޭއްވުމަށް ހަމަޖެހިފާ ވޮލީ މުބާރާތުގައި އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު ވާދަކުރާނެ ކަމަށެވެ. މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު […]

ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައިފި
Thiladhunmathi News

ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައިފި

ށ. ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15ވަނަ އާއްމު ބައްދަލުވުމުގައެވެ. ނޫމަރާ ކައުންސިލްގެ ރައީސް، އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޙިމާޔަތް ކުރަންޖެހޭ އާސާރީ ތިން ތަނެއް ހުރި ކަމަށެވެ. އެއީ ބޮޑު ހިރިއަކާއި، އިހުގެ ފެންވަޅެއްގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުކާނިގަހާއި ބޮޑު ހިލައެކެވެ. ކައުންސިލްގެ ރައީސް ފުއާދު އިތުރަށް މައުލޫމާތު […]

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ
Thiladhunmathi News

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ފެށުމަށް ތައްޔާރުވެއްޖެއެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އަންހެން، އަދި ފިރިހެން ވޮލީ މުބާރާތެއް ކުރިއަށް ދާނެއެވެ. އެ ގޮތުން އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު މި މުބާރާތުގައި ވާދަ ކުރާނެކަމަށް ވެސް ފުއާދު […]

ނޫމަރާގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ފޯރުކޮށްދެނީ
Thiladhunmathi News

ނޫމަރާގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ފޯރުކޮށްދެނީ

ށ. ނޫމަރާގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ފޯރުކޮށްދިނުމަށް ނޫމަރާ ކައުންސިލުން ނިންމައިފިއެވެ. ނޫމަރާ ކައުންސިލްގެ މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ 05 ވަނަ ދައުރުގެ 14 ވަނަ އާއްމު ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި އެރަށުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ދިނުމަށް ރައްޔިތުންނަށް ފުރުޞަތު ފަހިކޮއްދިނުމަށް މަޝްވަރާ ކޮއްފައިވެއެވެ. އެ ގޮތުން އެ ރަށުގައި ސައިކަލް ޓްރެކެއް ޤާއިމުކޮށް، ޚިދުމަތް ފޯރިކޮށްދިނުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. މި...

ބަންޑާރަ ބިމުގައި ރުއްގަސް އިންދުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ: ނޫމަރާ ކައުންސިލް
Thiladhunmathi News

ބަންޑާރަ ބިމުގައި ރުއްގަސް އިންދުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ: ނޫމަރާ ކައުންސިލް

ށ. ނޫމަރާގެ ބަންޑާރަ ބިންތަކުގައި ކައުންސިލްގެ ހުއްދައެއް ނެތި ރުއްގަސް އިންދަމުންދާ ދިއުން ހުއްޓުވުމަށާއި، މިގޮތަށް އިންދާ ރުއްގަހަށް އެއްވެސް ބަދަލެއް ނުދޭނެކަމަށް އެރަށު ކައުންސިލުން އަންގައިފިއެވެ. ނޫމަރާ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު، ކައުންސިލުން ދައްކާ ސަރަޙައްދުތަކެއްގައި ކަމަށެވެ. އަދި މިގޮތަށް އިންދާ ރުއް ނުވަތަ ގަސް ކައުންސިލްގައި ދަފްތަރުކޮށް، އެކަން ކަށަވަރުކުރުމަކީ އ...

ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް
Thiladhunmathi News

ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް

ށ. ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި އަލަށް ކުރަންހުރި ނުވަތަ އިތުރަށް ބޭނުންވާ ކަންކަމަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެއެވެ. މިގޮތުން ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުން...

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް
Raajje

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެ: ރައީސް

މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، އެއީ މިހިނގާ އަހަރާއި އަންނަ އަހަރާ، ދެ އަހަރު ތެރޭގައި، ލެބޯޓަރީ ޚިދުމަ...

ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު: ރައީސް
Thiladhunmathi News

ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު: ރައީސް

ށ. ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު ބިންގާ އަޅުއްވައި، ރަސްމީކޮށް މަސައްކަތް ފެއްޓެވި ތިން މަޝްރޫޢަކީ (ފުލުހުންގެ މަރުކަޒު، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު، މިސްކިތް)ވެސް ރަށު...

ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގައި ބިންގާ އަޅައިފި
Raajje

ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގައި ބިންގާ އަޅައިފި

ށ. ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި އަދި ނޫމަރާ ކައުސިލުން ވެސް […]

ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި
Raajje

ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ށ.ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތަކީ، ނޫމަރާ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމުގެ މަޤުސަދުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ޒިޔާރާތްކުރައްވައި، އެމ...

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާގައި އަޅާ އައު މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކި...

ނޫމަރާ އައު ކައުންސިލް އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ނޫމަރާ އައު ކައުންސިލް އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި

ށ. ނޫމަރާ ކައުންސިލް އާ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ޕީއެސްއައިޕީ)ގައި ހިމެނައިގެން، ށ. ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. ނޫމަރާ ކައުންސިލް އާ އިމާރާތުގެ މަޝްރޫޢޫގެ މަސައްކަތް ކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢު އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނެފައި ވަނީ ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ ކުރެހުމާއި ޑިޒައިން ކޮށްފައިވަނީ މުވައްޒަފުންނަށް މަސައްކަތް...

ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Business

ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އެގޮތުން މި ތިން ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެ...