ށ. ނޫމަރާގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ފޯރުކޮށްދިނުމަށް ނޫމަރާ ކައުންސިލުން ނިންމައިފިއެވެ.
ނޫމަރާ ކައުންސިލްގެ މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ 05 ވަނަ ދައުރުގެ 14 ވަނަ އާއްމު ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި އެރަށުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ދިނުމަށް ރައްޔިތުންނަށް ފުރުޞަތު ފަހިކޮއްދިނުމަށް މަޝްވަރާ ކޮއްފައިވެއެވެ.
އެ ގޮތުން އެ ރަށުގައި ސައިކަލް ޓްރެކެއް ޤާއިމުކޮށް، ޚިދުމަތް ފޯރިކޮށްދިނުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. މި ނިންމުމާގުޅިގެން ރަށުގެ ރައްޔިތުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، އެބައްދަލުވުމުގައި ވަނީ މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް އެ ރަށުގެ އިރުމަތީކޮޅުން ބިން ދޫކުރުމަށް ވެސް ނިންމާފަ އެވެ. ކަނޑުމަހާއި، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، އެ ރަށުގައި ލޮނުމަހާއި، ހިކިމަސް ތައްޔާރުކުރާ ފަރާތްތަކަށް، އެކަން ކުރުމަށް ތަނަވަސް ފުރުޞަތެއް ލިބެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!