ށ.ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

މި އިމާރާތަކީ، ނޫމަރާ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމުގެ މަޤުސަދުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

Ad
d

މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ޒިޔާރާތްކުރައްވައި، އެމަނިކުފާނު ވަނީ އައު އިމާރާތް ހުޅުވުމަށްފަހު އެ އިމާރާތް ބައްލަވާލައްވާފައެވެ.

މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމެއް ހިމެނެއެވެ.

Ad
df

މި މަޝްރޫޢު އަކީ ސަރުކާރުން މުޅި ޖުމްލަ 3.9 މިލިއަން ޚަރަދުކޮށްގެން ތަރައްޤީކުރި މަޝްރޫޢުއެކެވެ.