ށ. ނޫމަރާ ބަނދަރު ތަރައްގީކޮށްދޭނީ ދޯނި އެހެލާތަނަކާއި މޫދަށް އެރޭ ސަރަހައްދަކާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު ބިންގާ އަޅުއްވައި، ރަސްމީކޮށް މަސައްކަތް ފެއްޓެވި ތިން މަޝްރޫޢަކީ (ފުލުހުންގެ މަރުކަޒު، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު، މިސްކިތް)ވެސް ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމަށެވެ.

Ad
d

''އެންމެ މުހިންމީ ބަނދަރުގެ މައްސަލަ. އެކަމަށް ބޭނުންވާ ތަކެތި ގެނައުމުގެ ކަންތައް އެބަ ކުރިއަށްދޭ. ބޮޑުހިލައާއި އަދި މިކަހަލަ ކަންކަން. އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ގެންދާނަން. ދެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާއިރުގައި، ރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން، ނޫނީވިއްޔާ ބޭނުންފުޅުވާ ކަންކަން އޭގެތެރޭގައި ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ އިރާދަކުރެއްވިއްޔާ.'' ރައީސް ވިދާޅުވެފަވެއެެވެ.

ރައީސް ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ދޯނި އެހެލާ ތަނަކާއި މޫދަށް އެރޭ ސަރަހައްދެއް ހިމެނޭ ގޮތަށެވެ. މިކަމަށްޓަކައި ބަނދަރުގެ ޑިޒައިނަށް ބަދަލުގެނެސް، އެމް.ޓީ.ސީ.ސީ އާ މި މަސައްކަތް ހަވާލުކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ad
df

މީގެއިތުރުން، ރަށުގެ ފެނާއި ނަރުދަމާގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.