ށ. ނޫމަރާ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

Ad
d

މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.

މި ރަސްމިއްޔާތުގައި އަދި ނޫމަރާ ކައުސިލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޫޢުގެ ދަށުން، ނޫމަރާގައި ފުލުހުން ޤާއިމުވެތިބެ، ޚިދުމަތް ދިނުމަށް އެކަށީގެންވާ އުމްރާނީ ވަސީލަތް ތަރައްޤީކުރެވޭނެއެވެ.

Ad
df

އެގޮތުން ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކޮށް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.