ށ. ފޭދޫ އާއި ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕޮރޮގްރާމެއް ފުލުހުން ހިންގައިފި
ށ. ފޭދޫ އާއި ށ ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފޯކައިދޫ އަދި ށ. ފީވައް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގައިފިއެވެ. ފުލުހުން އެދެރަށުގައި ވިޔަފާރިކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވަނީ މިދިޔަ ހަފްތާގަ އެވެ. ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރީލޯޑްއާއި ރާސްޓަސްގެ މައްސަލަތަކަށް ސަމާލުވެ، އެކަންކަމުން ރައްކާ...