ށ. ނޫމަރާގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭ މިސްކިތެކެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށްވާއިރު، މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރެވޭނެއެވެ. އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހިމެނޭނެއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިސްކިތުގެ މަސައްކަތް ނިންމުމަށް 550 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!